
ދުނިޔެއަކީ އަނެކާ ބުނާހާ ގޮތަކަށް
ވޭތިކުރުމަށް އޮތްތަނެއް ނޫނެވެ. މިއީ ތިމާގެ އަމިއްލަ ހިޔާލާއި ވިސްނުމަށް
ބިނާކޮށް، ދުނިޔެއާއި އާހިރަތަށް މަގުކޮށުމަށް ލިބިފައިވާ ހަޔާތެކެވެ.
މުއްދަތެކެވެ.
މިދުވަސްވަރަކީ ނަންބަރު އެކެއްގައި ޖަހައިފި
ކޮންމެ ފާހަގައެއް ނަންބަރު ދޭކަށް ސޮހިގެންދާ ދުވަސްވަރެކެވެ. ނަންބަރު ދޭއްގައި
ޖެހި ފާހަގަތަށް ދާނީ މައްޗަށް ކަމެއް، އަރިޔަށް ކަމެއް ނުވަތަ އަޑިޔަށް ކަމެއް
ވަތްކެއް ނުވެއެވެ. މިކަންކަމުން ދޭހަވަނީ އިންސާނުންގެ ބުއްދި ލުހިފައިވާ
މިންވަރެވެ.
ހަމަބުއްދި އަކީ ތިމާއާއި ތިމާގެ މަންޒިލްމަގުސޫދާ
ދެމެދު ކުރެވޭ ދަތުރުގައި ނިންމަންޖެހޭ ކޮންމެ ނިންމުމެއް ނިންމުމުގައި މަގުދައްކާ
ބިގަރެވެ. މި ބިގަރު ނިއްވާލައިފި މީހަކަށް އޮތީ އަނދިރިކަމެވެ. އެހެންކަމުން،
ހަމަބުއްދި ދޫކޮށް، އަނެކާގެ ދުލުގެ ނިޝާންތައް ބަލައިގެން ދަތުރުކުރުން ވެގެންދާނީ
ކުރެވޭ ނުރައްކާތެރި ދަތުރަކަށެވެ. ގެއްލުމާ ހަލާކަށް ހުށަހެޅިފައިވާ ދަތުރަކަށެވެ.
ހަޔާތުގެ ދަތުރަކީ އެފަދަ ދަތުރަކަށް ވުމަށް ފުރުސަތުދިނުމެއް ނެތެވެ.
ހަމަބުއްދިން ބޭރުވުމެއް ނެތެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ނޮވެމްބަރު ހަތަރެއް ފާހަގަކުރަނީ ހަމަބުއްދި ބޭނުންކުރުމުގެ ދުވަހުގެ ގޮތުގައެވެ.