
ޖެލީފިޝްގެ ތާރީހު ދިގެވެ. އިންސާނުން މި
ދުނިޔެއަށް ފެތުރިގެން ދިއުމުގެ މާކުރިން ޖެލީފިޝް ވަނީ ކަނޑުތަކުގައި
ވަޒަންވެރިވެފައެވެ. ވަކިން ހާއްސަގޮތެއްގައި ޖަޒީރާވަންތަ ގައުމުތަކުގެ
ކަނޑުފަޅުގައެވެ.
ކޮންމެ އަހަރެއްގެވެސް މިހިސާބަށް ދާއިރު،
ޖެލީފިޝްގެ ދަތުރު އުތުރަށް މިސްރާބުހިފައެވެ. އަދި، ގޮނޑުދޮށަށް ބީއްސާލުން
ގިނަވުމާއެކު، ތަރިތަކުގެ ދިއްލުމެއް ފަދަ ގަދަފަދަ ހަނދުވަރަކަށްވެސް
ބައެއްފަހަރު ބަދަލުވެއެވެ.
ޖެލީފިޝް އަކީ ޖަޒީރާވަންތަ ދިވެހިރާއްޖޭގެ
ކަނޑުފަޅުގެ މުއްސަނދިކަމުގެ މިސާލެކެވެ. ދުނިޔޭގެ އެތަންމިތަނުން މިރާއްޖެއަށް
ދަތުރުކޮށް، މި ރީތި ހުދު ގޮނޑުދޮށްތަކުންނާއި ވިލުނޫ މޫދުން ދެކިލަން އެދޭ
މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ދިރުމެކެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި، ޖެލީފިޝް
ދުވަހުގެ ގޮތުގައި ނޮވެމްބަރު ތިނެއް ފާހަގަކުރެއެވެ.