އޮޅުމަކުން އެހެން ނަންބަރަކަށް، ފޯނުން މެސެޖްކުރެވުނީ ހެއްޔެވެ؟ އެއް ގޮތަކަށްވެސް މިހާރަކު ހާސްވާނެކަމެއް ނެތެވެ. އެ ފޮނުވުނު މެސެޖް ލިބުނު ފަރާތުން ނުކިޔަނީސް އެ މެސެޖް ޑިލީޓްކޮށްލުމަކީ މިހާރު ތިބާގެ އިޚުތިޔާރުގައިވާ ކަމެކެވެ. "އިންވިޒިބަލް ޓެކްސްޓް" އިންސްޓޯލްކުރައްވާށެވެ. މި އެޕް މިހާރު އެންޑްރޮއިޑް އަދި ބްލެކްބެރީ ފޯނުތަކަށް ވެސް ލިބެން އެބަހުއްޓެވެ.
އިންވިޒިބަލް ޓެކްސްޓް އަކީ ކުޅަދާނަ އަދި އެހާމެ ބޭނުންތެރި އެޕް އެކެވެ. ވަކިން ޚާއްސަކޮށް، ފޮނުވަންޖެހޭ މީހާނޫން އެހެންމީހަކަށް ފޮނުވޭ ނާޒުކު މެސެޖްތަކުގެ ނުރައްކަލުން ސަލާމަތްކޮށްދޭ އެހީތެރިއެކެވެ. މި އެޕް ގެ އެހީގައި، މެސެޖްލިބުނު ފަރާތުން އެ ލިބުނު މެސެޖް އަދި ނުކިޔާކަމަށް ވާނަމަ، އޭނާގެ ފޯނުގައިވާ މެސެޖް ތިބާގެ ފޯނުގެ އެހީގައިވެސް ވަގުތުން ވަގުތަށް ޑިލީޓްކޮށްލެވިދާނެއެވެ. އެވަރުން އަދި ނިމުނީކީ ނޫނެވެ.
މި އެޕް ގެ އެހީގައި ޓެކްސްޓް މެސެޖްގެ އިތުރުން ވީޑިއޯ، އޯޑިއޯ އަދި ޕޮޓޯ ހިމެނޭ މެސެޖްވެސް ފޮނުވެއެވެ. އަދި، ލިބޭ ފަރާތުން ވަކި ވަގުތެއްގެ ތެރޭގައި މެސެޖް ނުކިޔައިފިނަމަ އެ މެސެޖް އަމިއްލައަށް އޭގެ ޒާތުން ފޮހެވޭގޮތް ހެދުމަށްޓަކާ ޓައިމަރ ގެ ބޭނުންވެސް ހިފިދާނެއެވެ.

ދެރަ އޮތީ އެންމެ ކަމެކެވެ. މެސެޖް ފޮހެވެނީ، ފޮނުވާފަރާތުގެ އިތުރުން ލިބޭފަރާތުގެ ފޯނަށްވެސް މި އެޕް އިންސްޓޯލް ކޮށްފައި ވާނަމަ އެވެ.