ގެވެހި އަންހެނުންނަކީ މުހިންމު ބައެއް

Saturday, 3 November 2018 | 02:28


އަންހެނުން ބާރުވެރިކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން، ބުނެވިދިޔަ މަގުސަދު ހާސިލުކުރުމަށްޓަކައި، ތައުލީމާއި ތަމްރީނުގެ އެތަކެއް ހަރަކާތްތަކެއް އަބަދުވެސް ކުރިޔަށް ގެންދެވެއެވެ. ނަތީޖާއެއްގެ ގޮތުން، އިގުތިސޯދީ ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެންވެރީންގެ ނިސްބަތް ދުވަހުން ދުވަހަށް އަންނަނީ މަތިވަމުންނެވެ.

ކަން މިހެން ހިނގަމުންދާއިރު، ގެވެހި އަންހެނުންނަށް ދޭންޖެހޭ ހައްގު ގަދަރާއި އިއްޒަތް އަދި ސަމާލުކަން ނުދެވޭ ބައެއް ފަހަރު އަންނަކަމީ ހިތާމަހުރި ކަމެކެވެ. ސީދާ މަސައްކަތަށް ނުވަނަސް، ޖަޒީރާވަންތަ މި ދިވެހިރާއްޖޭގައި އެންމެ ބޮޑު ހިދުމަތެއް ފޯރުކޮށްދެމުންގެންދާ އެއް ބަޔަކީ ގެވެހި އަންހެންވެރީންނެވެ. އެއީ، އާއިލާ ބެލެހެއްޓުމާއި ގޭބިސީ މަސަލަސްކުރުމުގެ އިތުރުން އަދަބުސަދަބުހުރި ދުޅަހެޔޮ ރައްޔިތަކު އުފެއްދުމަށްޓަކައި ބިންގާ އަޅައި، އެ ބިންގަލުގެ މަތީގައި ގައުމުގެ މުސްތަގުބަލު ބިނާކުރުމުގެ މޭސްތިރީންނެވެ.

މިއަދަކީ ގެވެހި އަންހެނުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ފާހަގަކުރެއެވެ.
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved