އެންމެ ގިނަ ދަރިން ވިހެއުމުގެ ރެކޯޑް އޮތް ރަޝިޔާގެ އަންހެންމީހާއަށް 69 ދަރިން ލިބުނު

Sunday, 23 September 2018 | 14:35

ދުނިޔޭގައި މިހާތަނަށް އެކަކު އެންމެ ގިނަ ދަރިން ވިހެއުމުގެ ރެކޯޑް އޮތީ ރަޝިޔާގެ އަންހެނެއްގެ އަތުގައެވެ. އޭނާއަކީ ދަނޑުވެރިޔެއް ކަމުގައިވާ ފިއެޑޯ ވަސިލިޔޭވްގެ ފުރަތަމަ އަނބިމީހާއެވެ. ގިނެސް ވޯލްޑް ރެކޯޑް ފޮތުގައި ވާގޮތުން ވަސިލިޔޭވާ ވަނީ ޖުމްލަ 69 ދަރިންވިހާފައެވެ. 

ޚަބަރުތައް ބުނާގޮތުގައި ވަސިލިޔޭވާ ވަނީ 16 ފަހަރު އެއްމާބަނޑު ދެކުދިން ފިހާފައެވެ. 7 ފަހަރު އެއްމާބަނޑު ތިން ކުދިން ވިހާފައެވެ. އަދި ހަތަރު ފަހަރު އެއްމާބަނޑު ހަތަރު ކުދިން ވިހާފައެވެ.

ވަސިލިޔޭވާގެ ހުރިހާ ދަރިން އުފަންވީ 1725 ވަނަ އަހަރާއި 1765 ވަނަ އަހަރާ ދެމެދުގައި ކަމަށްވެއެވެ. ނަމަވެސް، އޭގެ ފަހުން މިއަދާހަމަޔަށް އައިއިރުވެސް އެއްވެސް އެހެން އަންހެނަކަށް އެހާ ގިނަ ދަރިން ލިބިފައެއް ނުވެއެވެ. ނުވަތަ ލިބުނުކަން ތާރީޚުން އެނގޭކަށް ނެތެވެ.
ހިއްސާކޮށްލައްވާ

ފާހަގަކޮށްލެވޭ ބައެއް ލިޔުން

 

Copyright © 2013. ޖަޒީރާރާއްޖެ - All Rights Reserved